18 Jul 2015, 17:00
ކޮނައްޓާ ރިޒޯޓަށް ސަޕްލައި ހިފައިގެން ދަތުރުކުރި ދޯންޏެއް މ. މުޅައްކަނޑު ފަރަށް އަރާފައިވުމާއެކު އެދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުންނާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ދޯނި ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހާކަށްހާއިރު ކަމަށެވެ. އަދި ބުނީ އެ ދޯނިން ޖުމުލަ 7 މީހަކު ދަތުރު ކުރަމުން ދިޔަ ކަމަށެވެ. އޭގެތެރޭގައި ކުޑަ ކުއްޖަކާ އަންހެނެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޯނީގައި ތިބި މީހުން ކޯސްޓުގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އެ ދޯނި ފަރަށް އަރާފައި ވަނީ މ. ދިއްގަރު ފަސް މޭލު ބޭރަށެވެ.