18 Jul 2015, 16:02
ސްޓޭޓް ބޭންކު އޮފް އިންޑިއާގެ ސާފު ފައިދާގެ ތިން އިއްސައްތަ އެ ބޭންކުގެ މުވައްޒަފުންނަށް ބެހުމުގެ ހުއްދަ އަށް އެ ބޭންކުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.
އިންޑިއާ ނޫހެއް ކަަމަށްވާ އިންޑިއަން ޓައިމްސްގައި ބުނެފައިވަނީ އެ ބޭންކުން އެ ގޮތަށް ނިންމީ އުފެންދުންތެރި މުވައްޒަފުން އެ ބޭންކަށް ހުންނަ ޝައުގުވެރިކަން އިތުރުކުުރުމަށެވެ. ސަރުކާރުގެ މިކަމުގެ ހުއްދަދީފިނަމަ އެ ބޭންކުގެ ދެލައްކަ އަށް ވުރެ ގިނަ މުވައްޒަފުންގެ މެދުގައި 390 ކްރޯޑް ރުޕީސް ބަހާނެއެވެ.
އެބެންކްގެ އެސިސްޓެންޓް އަދި ޖެނެރަލް މެނޭޖަރުން ފެށިގެން މަތީގެ މުވައްޒަފުންނަށް އެ ބޭންކުގެ ހިއްސާ ވިއްކުމަށް ވެސް އެ ބޭންކުން ދަނީ ވިސްނަމުންނެވެ. އޭގެ ސަބަބުން މުވައްޒަފުން ދިގު މުއްދަތަކަށް މުވައްޒަފުން ވަޒީފާގައި ތިބުމަށާއި ބޭންކުގެ ޕާފޯމެންސް އިތުރުވާނެ ކަަމަށްވެސް އެ ބޭންކުން ގަބޫލުކުރެއެވެ.
އެސްބީއައި އާއި އިންޑިއާގެ ޕްރައިވެޓް ބޭންކުތަކުގެ މުސާރައާއި އިނާޔަތްތަކުގައި ބޮޑެތި ތަފާތުތަކެއް އުޅޭ ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެއެވެ. ފާއިތުވި އަހަރު އެސްބީއައި އަށް ވަނީ 13102 ކްރޯޑް ރުޕީސްގެ ސާފު ފައިދާ އެއް ލިބިފައެވެ.