18 Jul 2015, 16:13
މއ. އައިޝާ ހުސައިން ވަހީދު މަރާލި ކުއްޖާ އާއި އޭނާ މަރާލުމުގައި ބައިވެރިވި ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފި އެވެ.
ހުސައިން ވަހީދު މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މއ. ކޮފީކޯނާ ކައިރީ ހުއްޓައި އޭނާގެ މެޔަށް ވަޅިން ހަމަލާދީ އެވެ.
ޖުވެނިއަލު ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމަށްޓަކައި އެ މައްސަލަ ހުށަހެޅުމުން މައްސަލައިގެ ހުރިހާ ލިޔުންތައް މިހާރު ހައި ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ސްޕްރީމް ކޯޓުން ދާދި ފަހުން ހަމަޖެއްސި އިސްތިއުނާފު ކުރުމުގެ އުސޫލުގައި ވާގޮތުން މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނީ އެމައްސަލަ އެއް ނިންމި ކޯޓަށެވެ.