18 Jul 2015, 14:23
ރެއާލް މެޑްރިޑް އެކެޑެމީއިން އުފެދި ރެއާލް މެޑްރިޑްގެ ޒުވާން ތީމަށް ކުޅޭފައިވާ އެސްޕެނިޔޯލްއާއި ސްޕެއިންގެ ގައުމީ ޓީމްގެ ކީޕަރު ކިކޯ ކަސިއްޔާ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.
ރެއާލް މެޑްރިޑްގެ ޒުވާން ޓީމްގައި 2000 ވަނަ އަހަރުން 2007 ވަނަ އަހަރާއި ހަމަޔަށް ހޭދަކުރި ކަސިއްޔާ ރެއާލް އަށް ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
އުމުރުން 28 އަހަރުގެ ކީޕަރު ގެނައުމަށް ރެއާލްއިން އެސްޕެނިޔޯލްއަށް ހުށަހަޅާފައި ވަނީ ހަތަރު މިލިއަން ޔޫރޯ އެވެ. ނަމަވެސް ރެއާލް އިން ފުރަތަމަ ހުށަހެޅި އަގު ކުޑަކަށް ބުނުމުން ރެއަލްއިން ކަސިއްޔާ ގެނެސްފައި ވަނީ ހަ މިލިއަން ޔޫރޯ އެވެ.
ކަސިއްޔާއަކީ އެންމެ ފަހުގެ ދެ ސިޒަންގައި ސްޕެނިޝް ލީގްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރެވެ. އެގޮތުން އޭނާ ވަނީ 209 ސޭވް ކޮށްފަ އެވެ.
އެނބުރި ރެއަލް މެޑްރިޑަށް އާދެވުމަކީ އޭނާގެ ހަޔާތުގައި ވަރަށް ފާހަގަ ކުރެވޭ ކަމެއް ކަމަށް އެސްޕެނިޔޫލްގައި ބޭއްވި ފެއާވެލް އިންޓަވިއުގައި ކަސިއްޔާ ވަނީ ބުނެފަ އެވެ.
ރެއާލް އިން އާ ކީޕަރެއް އެޓީމަށް ގެނެސްފައިވަނީ އެޓީމްގެ އެއް ނަމްބަރު ކީޕަރުކަން 11 އަހަރު ވަންދެން ކުރި އިކާ ކަސިއަސް ޕޯޗްގަލްގެ ޕޯޓޯއަށް ވިއްކާލުމަށްފަހުގަ އެވެ.