18 Jul 2015, 14:07
ދިރާގުން އިންތިޒާމްކޮށްގެން މާލޭގައި މިއަދު ސަގާފީ ޕެރޭޑެއް ބޭއްވުމަށް ނިންމައިފި އެވެ.
ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު ހަވީރު 4:00 ގައި ސޯޝަލް ސެންޓާ ކުރިމަތިން ފަށާ އެޕެރޭޑުގައި 250 މީހުންނާ އެކު ސަގާފީ ކަންކަން ދައްކުވައިދޭނެ ކަމަށެވެ.
"މި 250 މީހުންގެ ތެރޭގައި ހިމެނޭނެ ގާތްގަނޑަކަށް 50 އަކަށް މާއްޔާއި ތައްޔާރުކުރެވިފައިވާ 80 ފޫޓުގެ މަހެއްވެސް، އެހެންވީމަ ބޮޑުމަސް ބޭނުން އޮންނާނެ، އޭގެ އިތުރުން އަންހެން ބޮޑުބެރާއި ފިރިހެން ބޮޑުބެރާއި މާފައްޗާއި ލަނގިރިޖެހުންވެސް އޮންނާނެ." އިމްޖާދު ވިދާޅުވި އެވެ.
ދިރާގުން ހުށައަޅާ "މިނިވަން 50 އީދު ފޯރި" ސޯޝަލް ސެންޓާއިން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްގެންގޮސް ނިންމާލަނީ ރާޅުގަނޑަށެވެ. އެޕެރޭޑް އިންތިޒާޒމް ކުރަނީ "އަބްލޭމްސް" އިންނެވެ.