18 Jul 2015, 13:43
ކްރިކެޓް ބޯޑުން މިދިޔަ ރަމްޟާން މަހު ކުރިއަށް ގެންދިޔަ ކޯސްޓް ރަމަޝާން ކުރިކެޓް ކާނިވަލްގެ ކުންފުނިތަކުގެ މުބާރާތުގެ ޕޭން އޯޝަން އާއި އޯސީސީ އިންވެސްޓްމަންޓް ކުޅެމުންދިޔަ ފައިނަލް މެޗް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެޗް އިތުރަށް ކުރިޔަށް ނުގެންދެވިގެން ހުއްޓާލި މެޗް މިއަދު އަލުން ކުޅޭގޮތަށް ކްރިކެޓް ބޯޑުން ހަމަޖައްސައިފި އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ބުރާސްފަތި ދުވަހު ކުޅުމުން ދިޔަ ފައިނަލް މެޗް ހުއްޓާލިރު ޕޭން އޯޝަން ކުޅޭން އަރާ 8 އޯވަރު ހަމަވިއިރު އެއް ކުޅުންތެރިޔަކު ނުބައިވެގެން 111 ވަނީ ހަދާފަ އެވެ.
ޕޭން އޯޝަންއިން އެންމެ ރަގަޅަށް ކުޅުނީ 32 ލަނޑުހެދި ވިކުމް އާއި ހާޝާ އެވެ. އަދި އެންމެ ރަގަޅަށް އުކީ އެއް ވިކެޓް ނެގި ރަަހަލްކެވެ. ޖަވާބުގައި އޯސީސީ އިންވެސްޓްމަންޓް އިން ކުޅެންއަރާ 3.3 އޯވަރު ތެރޭގައި 2 ކުޅުންތެރިޔަކު ނުބައިވެގެން 43 ލަނޑު ވަނީ ހަދާފަ އެވެ.
މެޗް އެހާހިސަބުން ހުއްޓާލިރު ކްރިކެޓް ބޯޑުން ބުނީ ދެޓީމްގެ ކެޕްޓަންނުންނާއި މަޝަވަރާ ކުރުމަށް ފަހު ނިންމީ އަލުން މެޗް ކުޅުމަށެވެ.