ޓެރަރިޒަމްގެ ކުށްތައް ރިޕޯޓު ކުރާ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި ޖޫރި މަނާކުރާ ގޮތަށް މިސްރުގެ ގާނޫނަށް ބަދަލުގެންނަށް އެގަމުގެ ކެބިނެޓުން ހުށަހަޅައިފި އެވެ.

މިސްރުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވީ ޓަރަރިޒަމްގެ ކުށާ ބެހޭ ގޮތުން ރިޕޯޓުކުރާ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި 25،000 ޑޮލަރާއި 65،000 ޑޮލަރާއި ދެެމެދުގެ އަގަކުން ޖޫރި މަނާ ކުރާގޮތަށް ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާތަކާއި ކުށްތައް ރިޕޯޓު ކުރާ ނޫސްވެރިން ޖަލަށް ލުމަށް ކޯޓުތަކުން ކަނޑައެޅީ 2013 ވަނަ އަހަރު މިސްރު ސަރުކާރުގެ އިސްވަކީލަކު ބޮމުގެ ހަމަލާއެއްގައި މަރާލުމާ ގުޅިގެންނެވެ. އޭގެ ފަހުން މިސްރުގައި ޓެރަރިޒަމްގެ ކުށްތައް ރިޕޯޓު ކުރާ ނޫސްވެރިން ދެ އަހަރުގެ މުއްދަތަށް ޖަލަށްލާ ގޮތަށް ވަނީ ގާނޫނު އެކުލަވާފަ އެވެ.

ނަމަވެސް އެ ގާނޫނަށް ބަދަލުގެނެސް ޓެރަރިޒަމްގެ ކުށްތައް ރިޕޯޓު ކުރާ ނޫސްވެރިން ޖޫރިމަނާ ކުރުމަށް މިސްރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ.

ނޫސްވެރިންގެ މިނިސްވަން ކަމަށް ގޮވާލާ ގުރޫޕުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުތަކުން ބުނެފައި ވަނީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގައި ހޯދައިދީފައިވާ މިނިވަންކަން މިހާރު ގެއްލިފައިވާ ކަމަށެވެ.

މިސްރުގެ ސަރުކާރުން ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށްތައް ރިޕޯޓުކުރުން މަނާކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ގައުމު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުރްސީގެ މުސްލިބު ބުރަދަހުޑް ޕާޓީ އާއި އެކި އެކި ޓެރަރިސްޓް ގްރޫޕުތަކުން ގައުމު ސަލާމަތް ކުރުމަށް މިސްރު ސަރުކާރުން ވަނީ ބުނެފަ އެވެ.