ޤުދުސް، އޭޕީ) އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް އަށް ފިތުރު އީދުގެ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަތަންޔާހޫ އައްބާސް އަށް ފޯނުން ގުޅުއްވައި އީދުގެ ތަހުނިޔާ ވިދާޅުވި ކަމަށެވެ.

އައްބާސްއަށް ގުޅުއްވައިގެން ނަތަންޔާހޫ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލުގެ ރައްޔިތުން ސުލްހަ ބޭނުންވާ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމަށް އިސްރާއީލުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ ސުލްހައިގެ އެއްބަސްވުމަކަށް އަން އަހަރު އައުމަކީ މުހިއްމު ކަމެއް ކަމަށް ނަތަންޔާހޫއާ ދެއްކެވި ވާހަކަފުޅުގައި އައްބާސް ވިދާޅުވި ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު ދައްކަމުން އައި ސުލްހައިގެ ވާހަކަތައް މެދު ކެނޑުނީ ފަލަސްތީނުގެ ދައުލަތް އުފެއްދުމާއި އިސްރާއީލުން ދެކޮޅު ހެދުމުންނެވެ.

ދައުލަތް އުފެއްދާއި އިރު 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތައް ފަލަސްތީނަށް ލިބޭ ގޮތަށް އޮތުމަށް އައްބާސް ހުށަހެޅުއްވި ހުށަހެޅުއްވުމާ ނަތަންޔާހޫ ދެކޮޅު ހައްދަވަ އެވެ. ނަމަވެސް ބައިނަލް އަގުވާމީ މުޖުތަމައުން ތާއީދު ކުރަނީ އެގޮތަށެވެ.