މިދިިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލައިގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ ދަފްތަރު، އަހުމަދު ރިޒާމް 25 އަމިއްލައަށް ފުލުސް އޮފީހަށް މީގެ ތިން ދުވަސްކުރިން ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެރޭ 1:40 ކަންހާއިރު އަހްމަދު މަފާޒު މަރާލި ކަމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް މިމަހުގެ 10 ދުވަހު ވަނީ ފަށައިފައެވެ.

މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތައް:

  • ގ. މަސްއޮޑިގޭ ކުރިމަތީގައި ތިބި ބައެއްގެ ފަހަތުން ތޫނު ހަތިޔާރުހިފައިގެން ދުވުން.
  • މަސްއޮޑިގޭ ތެރެއަށް އެމީހުން ދުވެގޮސް ވަނުމުން އެގޭގެ ދޮރަށް ގެއްލުން ދިނުން.
  • އެ ހަމަ ނުޖެހުމުގައި އާންމުންގެ މުދަލަށް ގެއްލުން ދިނުން.