ހާލު ދެރަ ބަލި މީހަކު ގޮވައިގެން، ނ. މިލަދޫއިން އެ އަތޮޅު މަނަދޫއަށް ދިޔަ ލޯންޗެއް މަނަދޫ ނެރު ފައިކަށީގައި ޖެހި، އަޑިއަށް ގޮސްފި އެވެ.

މިރޭ 8:20 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

ފުލުހުން ބުނީ މަނަދޫ ކަނޑުތޮށީގެ ހުޅަނގު ފައިކަށީގައި ލޯންޗު ޖެހުނުލެއް ބާރުކަމުން ލޯންޗުގެ އެއް ފަރާތުން ހަލާކުވެ އެއްގަމު ޖެޓީ ކައިރިއަށް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ލޯންޗު އަޑިއަށް ދިޔައީ ބަލި މީހާ މަނަދޫއަށް ބާލައި އެނބުރި ދާން އުޅެނިކޮށެވެ.

ފުލުހުން ދަނީ އެ ލޯންޗު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.