ޖުމްލަ އަގެއްގެ ގޮތުގައި ތިން ޓްރިލިއަން ޕައުންޑު އަގުކުރެވޭ ވަރުގެ ދުންތަރިއެއް އާދިއްތަ ދުވަހުގެރޭ ދުނިޔެ ކައިރިން ހުރަސް ކުރާނެ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

އެސްޓްރޮއިޑް ޔޫޑަބްލިއު-158ގެ ނަމުން ނަން ދެވިފައިވާ ދުންތަރީގެ ޖުމްލަ އަގަކަށް ތިން ޓްރިލިއަން ޕައުންޑެއްހާ އަދަދު އަރާއިރު އޭގެ ބަރުދަނުގައި ޖުމްލަ 90 މިލިއަން ޓަނު ހުންނާނެ އެވެ.

ދުނިޔެއާ އެންމެ ގާތް ޕްލެނެޓު ކަމަށްވާ ވީނަސް އަށް ވުރެ 30 ގުނަ ކައިރިން ދަތުރު ކުރާއިރު ތަރި ބަލާ ފަރާތްތަކަށް އެ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

"ސްލޫހް" ޕްރޮޖެކްޓްގެ ދަށުން އެ މަންޒަރުތައް އާންމުންނަށް ވަގުތުން ބެލޭނެ ކަަމަށް ވެސް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ. ސްލޫހް ޕްރޮޖެކްޓަކީ ތެލެސްކޯޕުން ފެންނަތަކެތި އިންޓަނެޓް ބޭނުންކޮށްގެން އާންމުންނަށް ފޮނުވުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.