17 Jul 2015, 17:48
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަވެގެންދާނީ އިންސާފުވެރިކަމާ އެކު ގާނޫލުން އުގޫބާތު ތަންފީޒު ކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރީކޯ މޫސާ މަނިކު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމަކުން ހަމައެކަނި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަވެގެން ނުދާނެ ކަމަށެވެ.
Jinaaee adhulhuge nizaam furihama vegendhaanee hama ekani qaanoonul Ugoobaath ah amal kurumunneh noon insaafveri kamaaeku thanfeez kohgen
— Reeko Moosa Maniku (@ReekoMoosa)July 16, 2015
މޫސަ ވިދާޅުވީ ގާނޫނުލް އުގޫބާތައް އަމަލުކުރަން ފެށުމާއެކު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުވެގެންދާނެ ކަމަށެވެ.
އެތައް ދުވަހެއްގެ ބުރަ މަސައްކަތްތަކާއެކު އެލުލަވާލި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިއިރު ފުލުހުންނާއި ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުން އެ ގާނޫނަށް އަހުލުވެރިވެފައިވީނަމަވެސް، ފަނޑިޔާރުން އެ ގާނޫނަށް އެކަށީގެންވާ ގޮތެއްގައި އަހުލުވެރިވެފައެއް ނުވެއެވެ.