16 Jul 2015, 22:17
މައިލޯ ވެޓަރަންސް ކަޕްގެ ފައިނަލްގައި ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޮލްޑިވްސް (އެސްވީއެމް) 3-1 ނަތީޖައަކުން ބަލިކޮށް ކުލަބު ވެލެންސިއާ މުބަރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ ޓާފު ދަނޑުގައި ކުޅުނު މެޗްގެ ނުވަ ވަނަ މިނެޓްގައި ވެލެންިއާއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނަސީމްއެވެ.
އެޓީމްގެ ދެ ވަނަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަޝްރަފް ލުޠުފީ (ސަމްޕަތު)
ވެލެންސިއާގެ ތިން ވަނަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ކަމިޔާބު ކުރީ މުހްތާރު ނަޞީރު (ޓޫކިލޯ) އެވެ.
އެސްވީއެއެމް އިން ކާމިޔަބު ކުރި ހަމައެކަނި ލަނޑު ކާމިޔަބު ކުރީ ކުރިން ވެލެންސިއާގެ ކެޕްޓަންކަން ކުރި ތޮއްޑޫ މުޙައްމަދު ނިޒާމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަ އިބްރާހިމް އިސްމާޢީލް އެވެ.