މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާން ކޮށްފި އެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ޖަލްސާއަށް ފަހު މާދަމައަކީ ފިތުރު އީދު ކަމުގައި އިއުލާނު ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިހު އިބްރާހިމް އަހުމަދެވެ.

"ދިވެހި ރާޖޭއްގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ހަބަރު ލިބިފައި ވާތީ، މާދަމާ މީލާދީ ސަނަތުން 2015 އަހަރުގެ މިހިނގާ ޖުލައި މަހުގެ 17 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1436 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމުގައްޔާއި، އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ." އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިހު އިބްރާހިމް އަހުމަދު އިއުލާނު ކުރެއްވި އެވެ.