ޖަކާޓާ، އިންޑޮނޭޝިއާ. އޭޕީ: އިންޑޮނޭޝިއާގައިވާ ދެ އަލިފާން ފަރުބަދައެއް ގޮވަން ފެށުމުގެ ސަބަބުން ތިން އެއާޕޯޓެއް ބަންދުކޮށްފިއެވެ.

ބަންދު ކުރި ތިން އެއާޕޯޓްގެ ތެރޭގައި އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ޝަހަރުގެ އެއާޕޯޓްވެސް ހިމެނެއެވެ.

ގޮވަން ފެށި ދެ އަލިފާން ފަރުބަދައިގެ ތެރެއިން އެއް ފަރުބަދައަކީ އިންޑޮނޭޝިއާގެ މައި ޖަޒީރާ ކަމަށްވާ ޖާވާގައިވާ މައުންޓް ރައުންގް އެވެ. އެ ފަރުބަދަ ގޮވުމުގެ ސަބަބުން ޖައްވުގެ ތެރެއަށް 2000 މީޓަރު 6560 ފޫޓް ގެ އުސްމިނަށް އަޅިޔާއި ކުނި ބުނި ވަނީ އަރާފައެވެ.

އިންޑޮނޭޝިއާގެ ޓްރާންޕޯޓް މިނިސްޓްރީގެ ތަރުޖަމާނު ޖޫލިއަސް އަދްރާވިޖާ ވިދާޅުވީ މައުންޓް ރައުންގް އިން އެރި އަޅި ވަނީ އިރުމަތީ ޖާވާގެ ދެ ޝަހަރު ކަމަށްވާ ސްރަބަޔާއާއި މަލާންގްއާ ވަރަށް ކައިރިއަށް ފައިބާފައެވެ. ޖުއާންޑާ އިންޓަނޭޝަނަލް އެއާޕޯޓާއި ޢަބުދުއް ރަޙުމާން ޞާލިޙު އެއާޕޯޓް ބަންދުކުރަން ޖެހުނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އުތުރު މަލުކޫ ޕްރޮވިންސްގެ ޓަރްނާޓްގައިވާ ސުލްތާން ބަބުއްﷲ އެއާޕޯޓް ބަންދުކުރީ ގަމަލަމާ ނަމަކަށް ކިޔާ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އަޅި ފައިބާތީ ކަމަށެވެ.