އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއިޖީ) އަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ލަންކާގެ އަންހެން ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އައިއޯއަޖީއަށް ތައްޔާރުވުމުގެ ގޮތުން ލަންކާގައި ގައުމީ ޓީމް ކޭމްޕް ކުރުމަށް މިއަދު އެގައުމަށް ފުރި އިރު ޓީމާ އެކު ވަޑައިގެންނެވި އެފްއޭއެމް ވޮމެން ފުޓްބޯލް ޑިޕާޓްމެންޓްގެ އޮފިޝަލެއް ސަންއަށް ވިދާޅުވީ ލަންކާގައި ހޭދަކުރަ 10 ދުވަހުގެ ކޭމްޕްގައި އެގައުމުގެ ގައުމީ ތީމްގެ އިތުރުން އަންހެން ފުޓްބޯޅަ ޓީމަކާ ދެކޯލަށް ވެސް މެޗެއް ކުޅުމަށް ހަމަޖެިފައިވާ ކަމަށެވެ.

ލަންކާ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓިމް ކުޅޭ ފުރަތަމަ މެޗް ކުލޭނީ މިއަންނަ ހޮނިހިރު ދުވަހު އެވެ.

އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ 24 ވަނަ ދުވަހު އެވެ.

ލަންކާގައި ހޭދަކުރާ ކޭމްޕަށް ފަހު ގައުމީ ތީމް މަލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު އެވެ.

ރީޔުނިއަންއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

އައިއޯއަިޖީގައި ވާދަކުރާ އަންހެން ގައުމީ ސްކޮޑްގައި 20 ކުޅުންތެރިން ވަނި ހިމަނާފަ އެވެ.