16 Jul 2015, 16:08
ވިޔަފާރިއަށް ހާއްސަ އެމެރިކާގެ ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި ކުޅުވަރު ޓީމްގެ ލިސްޓްގައި އެންމެ މުއްސަނދި ފުޓްބޯޅަ ޓީމަކަށް ރެއާލް މެޑްރިޑް ހޮވުނު އިރު ދެ ވަނަ ވާދެވެރި ބާސެލޯނާއަށް ލިބިއްޖެ އެވެ.
ހުރިހާ ކުޅިވަރު ނެރޭ މިލިސްޓްގައި އެއް ވަނަ ލިބެނީވެސް ރެއާލްމެޑްރިޑަށެވެ. އެންމެ މުއްސަދި ފުޓްބޯޅަ ޓީމްގެ ދެ ވަނައިގައި ބާސެލޯނާ ހިމެނޭ އިރު މުޅި ލިސްޓުން ބާސެލޯނާއަށް ލިބިފައިވަނީ ހަތަރުވަނަ އެވެ.
ރެއާލް މެޑްރިޑްގެ އާންމުދަނީ 3.26 ބިލިއަން ޑޮލަރަށް އަރާއިރު ބާސެލޯނާގެ އާންމުދަނީ އުޅެނީ 3.16 ބިލިއަން ޑޮލަރުގަ އެވެ.
މުޅި ލިސްޓްގެ ދެ ވަނަ ލިބެނީ އެމެރިކާގެ ބޭސްބޯލް ދެޓީމްކަމުގައިވާ ޑަލަސް ކައުބޯއީސްއާއި ނިއުޔޯކް ޔަންކީސް އެވެ. މި ދެ ޓީމްގެ ވެސް އާއްމުދަނީ އުޅޭނީ 3.2 ބިލިއަން ޑޮލަރުގަ އެވެ.
މިދިޔަ އަހަރު ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނަިއޓަޑަށް މިފަހަރު ލިބެނީ ތިން ވަނަ އެވެ. އެޓީމްގެ އާންމުދނީ އުޅެނީ 3.1 ބިލިއަން ޑޮލަރުގަ އެވެ.
ރެއާލް މެޑްރިޑުން ވަނީ ބްރޮޑްކާސްޓިން ރައިޓްސް ދޫކޮށްގެން އެކަނި ވެސް 277 މިލިއަން ޑޮލަރުގެ އާންމުދަނީއެއް ހޯދާފަ އެވެ.