16 Jul 2015, 13:49
ރާއްޖޭގެ މުއާސަލާތީ އެއް ކުންފުނި އުރީދޫ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްރޭހުގެ މިސީޒަންގެ ފައިނަލްގައި އެންޒީއާއި ލޮޖިސްޓިކް އަދި ކުރުނބާގެ މައްޗަށް ކުރި ހޯދައި ރޭހްގެ ޗެމްޕިއަންކަން ރަތްމަސް ޓީމް ހޯދައިފި އެވެ.
ރޭހްގެ ފައިނަލްގައި ރަތްމަސް ޓީމްހޯދި 647.90 ޕޮއިންޓާ އެކު އެޓީމްވެފައި ވަނީ ރޭހްގެ ހަތް އަހަރުވީ ތާރީހްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަށެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ރަތްމަސް ޓީމަށް ވަނީ 50،000 ރުފިޔާ އާއި 80 ހޯސަޕަވަރުގެ އިންޖީނެއް ލިބިފަ އެވެ.
ރޭހްގައި އެންމެ ގިނަ މަސް ބޭނި ބައިވެރިޔަކީ ރަތް މަސްޓީމްގެ ޢަލީ ސަމީހެވެ.
އެންމެ ބަރު މަސް ބާނާފައި ވަނީ ލަޔަން ލޮޖިސްޓިކްގެ ޙަސަން މަނިކެވެ.
މުބާރަތުގެ ވަނަވަނައަށް ފަރާތްތަކަށް އިނަމު ދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުހޫރެވެ.