16 Jul 2015, 13:26
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
މީރާގެ ބޯޑުގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވަނީ މިއަހަރުގެ އޮގަސްޓު ދެ ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ މިއަދުން ފެށިގެން މިމަހު 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މީރާގެ މެމްބަރު ކަމަށްޝަރުތުހަމަވާ ފަރާތްތަކުން މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމާއެކު ރައީސް އޮފީހުން ހެނދުނު 10:15 އިން މެންދުރު ފަހު 2:00 އަށްކަށް ފޯމް ބަލައިގަންނާނެ ކަމަށް އެއޮފީހުން ކޮށްފައިވާ އިއުލާންގައި ބުނެފައިވެ އެވެ.