އެމިރޭޓްސްގެ އެއާކްރްފާޓް އިންޖިނިއަރަކަށްވި ފުރަތަމަ ދިވެއްސަކަށް އަހުމަދު ޝައްފާގު 30 އ ވެއްޖެ އެވެ. ޝައްފާފު ވަނީ އެއާކްރާފްޓް އިންޖިނިއަރިން ބެހޭ ތަމްރީނުތަކެއް އިނގިރޭސިވިލާތުގަ އާއި ދުބާއީގައި ހަދާފަ އެވެ. އެ ތަމްރީނުތަކުގެ ތެރޭގައި ބޮއިން 777 އާއި ބެހޭ ތަމްރީނު ހިމެނެ އެވެ. ދެހާސް ހަތް ވަނަ އަހަރު އެމިރޭޓްސް އާ ގުޅުނު ޝައްފާގަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔާފަ އެވެ.

"ޝައްފާގާއި ދޭތެރޭ އަދި އޭނަ ހޯދި ކާމިޔާބީ އާއި ދޭތެރޭ އަހަރަމެން ފަޚުރުވެރިވަން،" އެމިރޭޓްސް އިން ލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ އޭރިއާ މެނޭޖަރު ޗަންދަނާ ޑި ސިލްވާ ވިދާޅުވި އެވެ.

ޝައްފާގަށް އެމިރޭޓްސް އިން ދިން ޕްރްމޯޝަނާއި ބެހޭ ގޮތުން ޝައްފާގު ބުނީ އެމިިރޭޓްސް އަކީ ވަޒީފާ އަދާކުރަން ވަރަށް ފުރިހަމަ އެއާލައިނެއް ކަމަށާއި 135 ގައުމެއްގެ މުވައްޒަފުން ކުރިއެރުމުގެ ފުރުސަތު އެއާލައިނުން ދޭ ކަމަށެވެ.

އެމިރޭޓްސް އެއާލައިންގެ އޮޕަރޭޝަންސްތައް ރާއްޖޭގައި ފެށީ މޭ 1987 ގައެވެ.