08 Mar 2011, 10:27
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ 14 ވަނަ ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު މެޗުގައި ޖީއެމްއާރު ފަސޭހައިން ކާމިޔާބު ހޯދައި ސެމީއަށް ދަތުރުކޮށްފި އެވެ.
ކުރިން އެއާޕޯޓްގެ ނަމުގައި ކުޅެ ގިނަ އަހަރުތަކެއްގައި ތަށި ހޯދި ޓީމު ރޭ މޮޅުވީ ދިރާގާ ވާދަކޮށް 58-37 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުިޅުންތެރިއަކަށް ހޮވުނީ ޖީއެމްއާރުގެ އައިމަން ރަޝީދެވެ. އޭނާ ވަނީ ބަޔަށް 21 ޕޮއިންޓް ހޯދާދީފައެވެ.
މިމޮޅާއެކު އެޓީމު ހިމެނުނު ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ވަނީ ސެމީއަށް ހޮވިފައެވެ. މިގްރޫޕްގައި ކުޅުނު ދެމެޗުންވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ޕޮލިހެވެ.
ގްރޫޕް 1ން ސެމީ ކުޅޭނެ ޓީމުތައް ކަށަވަރުވާނީ މިއަދާއި މިރޭ ކުޅޭ ދެމެޗަށްފަހުގައެވެ. ނަމަވެސް 4 ޓީމު ހިމެނޭ ގްރޫޕުން އެމް އެން ޑީ އެފަށް ވަނީ މިހާރުވެސް ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް ގްރޫޕުން ލިބޭނެ ވަނަ ޔަގީންވާނީ މިއަދު އައިލެންޑް އޭވިއޭޝަނާއެކު ކުޅޭ މެޗު ނިމުމުންނެވެ. މިގްރޫޕުން ސެމީގެ ޖާގަ ދެން އެންމެ ބޮޑު ޓީމަކީ ކަސްޓަމްސްއެވެ. އެޓީމި މިރޭ ނުކުންނާނީ ޕޯޓްސް ލިމިޓެޑާ ދެކޮޅަށެވެ.