ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މ.ސިލްވާޝާކު އިބްރާީހމް ޝިފާނުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މީހުން ދިރިއުޅޭތަނަކުން ވައްކަން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ރޭ މެންދަމު 3:30 އެހާކަންހާއިރު މއ.ފުނަމާގެއާގެ އަށް ވަދެ އެގޭގެ ހަވަނަބުރީގެ ކޮޓަރިއެއްގެ ތެރެއިން ލެޕްޓޮޕެއް ވަގަށް ނެގިކަމަށް ޝަރީއަތުގެ މަޖިލީހުގައި ޝިފާން އިއުރިރާފުވެފައިވާ ކަމަށެވެ.

މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.