މިއަހަރުގެ ފިޠުރު ޢީދުގެ އުފަލުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކުޑަކުދިންގެ ހަވީރު އޮންނާނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 4:00 ގައި ސަލްޓަން ޕާކުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެންމެ އެދެވިގެންވާ ކަމެއްކަމަށެވެ. ހަމައެހެންމެ މުޖުތަމައުގެ ޚާއްސަ އެހީއަށް ބޭނުންވާ އެންމެހައި ތުއްތު ކުދިންވެސް އެހަވީރުގައި ބައިވެރިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނައް ލިބިވަޑައިގަންނަވާ ނުހަނު މަތިވެރި އުފަލެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ރައީސް ޔާމީންގެ ދެކަނބަލުން ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.