15 Jul 2015, 13:47
ހެންވޭރު ގެއެއްގެ ތެރެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި ވަތް މީހެއްގެ މައްޗަށް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ހ. އައިޑަމްވޫޑްގޭ، މުހައްމަދު އަލީގެ މައްޗަށް ކޯޓުން މިދިޔަ ހަފްތާގައި ހުކުމްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެރިފަރާތުގެ ހުއްދަ ނެތި އެގޭ ތެރެއަށް ވަދެފައިވާ ކަމަށް ޝަރީއަތުގައި އިއުތިރާފްވެފައިވާތީ އެވެ.
މިއީ މުހައްމަދު އަލީގެ މައްޗަށް އެފަދަ ކުށެއް ކުރިކަން ޝަރީއަތަށް ޝާބިތުވެފައިވާ ދެވަނަ ފަހަރު ކަމަށާއި މުހައްމަދު އަލީގެ މައްޗަަށް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން، އޭނާގެ މައްޗަށް ހަ މަސް ދުވަހަށް ޖަަލަށް ލުމަށް ކޯޓުގެ ވަނީ ކަނޑައަޅައިފަ އެވެ.