15 Jul 2015, 13:20
އޮސްޓްރޭލިއާގެ މަޝްހޫރު ކެމްޕެއިން އެޑް ހެދުންތެރިޔާ ނެއިލް ލޯރެންސް ރާއްޖެ އައިސް އުޅެނިކޮށް މަރުވެއްޖެ އެވެ.
ދެ ދަރިންނާއި އަންބަކު ހުރި އުމުރުން 61 އަހަރުގެ ނެއިލް ލޯރެންސް މަރުވެފައި ވަނީ އޭނާގެ ފިރިހެން ދަރިއާ އެކު ރާޅާއެޅުމަށް ރާއްޖެއައިސް އުޅެނިކޮށް އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ސްކައި ނިއުސްގައި ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ކޮން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅެނިކޮށް ކަމެއް ސާފެއްނުވެ އެވެ.
ލޯރެންސަކީ އޮސްޓްރޭލިއާގައި އެޑް ހެދުމުގައި މަޝްހޫރު ކަމެއް ހޯދުމުގެ އިތުރުން މަޝްހޫރު އޭބީސީ ޓީވީޝޯގެ ޕެނަލިސްޓެކެވެ.
އޭނާ އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީ ކެވިން ރުޑްގެ ކެޕްޕެއިން އެޑް "ކެވިން 07" ހެދި މާސްޓާމައިންޑްގެ ގޮތުންނެވެ.