ގިނަ އަދަދެއްގެ މެރުއާނާ ފަތްތަކަކާ އެކު ހުޅުމާލެއިން ބަނގުލަދޭޝް ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 12:30 އެހާކަންހާއިރު ހުޅުމާލޭ ސިނާއީ ސަރަހައްދުން ކަމަށެވެ.

އިއްޔެ ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުން ފެނުނު ތަކެތި -- ފޮޓޯ:ޕޮލިސް

އެމީހުން ތިބި ސަރަހައްދު ބަލައިފާސްކުރި އިރު ބިޔަރު ފަސް ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އެ މީހުން ދިރިއުޅޭތަން ބަލައިފަސްކުރި އިރު މެރުއާނާ ފަތް އަޅާފައިވާ 41 ކަރުދާސް ކޮޅާއި މެރުއާނާ ފަތް އަޅާފައިވާ ބޮޑު ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުން ފެނުނު ތަކެތި -- ފޮޓޯ:ޕޮލިސް