ރާއްޖޭގެ ހުރިހާ ރަށެއްގައި މީހަކަށް 500 ރުފިޔާ ރޭޓުން ފިތުރު ޒަކާތް ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބްރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް މިއަދު 10:30 އިން ފެށިގެން މާލެއިން ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުން ކަމަށާއި އަދި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޒަކާތް ދޫކުރާނީ އެ ައަވަށްތަކުގެ އައަވަށު އޮފީހުން ކަމަށެވެ. އަތޮޅުތަކުގައި އެ ރަށެއްގެ ކައުންސިލުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

"ހުރިހާ ރަށަކުން ވެސް ޒަކާތް ފައިސާ ދޫކުރާނެ މިހާރު، ރަށްރަށުން ދޫކުރާނީ ކައުންސިލްތަކުން." އިބްރާހިމް ވިދާޅުވި އެވެ.

މިއަދާއި މާދަމާ ޒަކާތް ބަހަމުންދާ އިރު ޒަކާތްބަލައި ނަންނޯޓް ކުރި މީހާގެ ބަދަލުގައި އެހެން މީހަކު ފޮނުވާ ނަމަ އެމީހާއާއި ޒަކާތް ލިބޭ މީހާގެ އައިޑީ ކާޑު ގެންނަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިންބުނެ އެވެ.

މިއަދު ޒަކާތް ބަހަން ފެށި ނަމަވެސް ޒަކާތް ބަލައިގަތުމުގެ މުއްދަތު ވަނީ، މާދަމާއާއި ހަމައަށް އިތުރުކޮށްފަ އެވެ.

ޒަކާތް ދައްކަން ޖެހޭ މިންވަރު:

އާދައިގެ ހަނޑޫ ނަމަ މީހަކަށް 12 ރުފިޔާ.

ތައިލެންޑް ހަނޑޫ ނަަމަ މީހަކަށް 50 ރުފިޔާ.

ބާސްމަތީ ހަނޑޫ ނަމަ 75 ރުފިޔާ.

ފިތުރު ޒަކާތް ދެއްކުމަކީ އިސްލާދީނުގެ ތިން ވަނަ ރުކުނެވެ. އެއީ ތަނަވަސްކަން ލިބިގެންދާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ.