ފުވައްމުލަކު ހޮސްޕިޓަލްގައި މިއަދު ހެނދުނު ވިހެއި ކުއްޖަކު ހާލުދެރަވެގެން މާލެ ގެނެސްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިރޭ ސަން އަށް ވިދާޅުވީ ހާލުދެރަވި ކުއްޖާ އަކީ ދުވަސް ނުފުރާ ވިހެއި ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ މިރޭ 11:45 އެހާކަންހާއިރު އާސަންދައިގެ އެހީގައި މާލެއަށް ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުޒާދު ވިދާޅުވީ، އެ މާބަނޑު އަންހެން މީހާ އަކީ ރެއިން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިކޮށްފައިވާ މީހެއް ކަމަށެވެ.

"ރޭ ނިދިގޮތަށް ހޭލީ ހެނދުނު 7:00 ގައި. ދެން ބަނޑުގަ ރިއްސާތީ ނަރުހުން ޑޮކްޓަރަށް ގުޅައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އިންޖެކްޝަން ޖެހީ. އަންހެން މީހާ ވިހެއީ 7:45 ގައި،" ފަރުޒާދު ވިދާޅުވި އެވެ.

އެކުއްޖާ މާލޭ ފޮނުވާލީ ވިހެއިރު 1.5 ކިލޯ ހުރުމުން، ދެ ކިލޯ ހަމަނުވާ ކުދިން އެ ހޮސްޕިޓަލްގެ ނާސަރީގައި ބާއްވައިގެން ފަރުވާދިނުމަށް ދަތިތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.