14 Jul 2015, 17:47
ޔޫރޯ ކޮލިފައިންގައި ރަޝިއާގެ ގައުމީ ފުޓްބޯޅަ ޓީމް ހޯދި ދަށް ނަތީޖާތަކާ ގުޅިގެން ރަޝިއާގެ ގައުމީ ޓީމްގެ ކޯޗުގެ މަގާމްގައި ހުރި އިޓަލީގެ ފަބިއޯ ކަޕެއްލޯ މަގާމުން ވަކިކޮށްފިއެވެ.
އިންގްލެންޑް ގައުމީ ޓީމްގެ ކޯޗްކަންވެސް ކޮށްފައިވާ ކަޕެއްލޯ ރަޝިއާގެ ކޯޗްކަމާ ހަވަލުވީ 2012 ވަނަ އަހަރުއެވެ.
ތިން އަހަރު ދުވަހު ރަޝިއާގެ ކޯޗްގެ މަގަމު ފުރަފައިވާ ކަޕެއްލޯ އެގައުމުގެ ކޯޗްކަމުން ވަކިކުރީ އަންނަ އަހަރު ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2016 ގެ ކޮލިފައިން ބުރުގައި ހޯދަމުންދާ ދަށް ނަތީޖާ ތަކާ ގުޅިގެން ނެވެ. އޭނާ ކޯޗްކަމުން ވިކި ކުރިިއިރު ކޮލިފައިންގެ ގުރޫޕް ޖީ ގައި އެޓީމް ކުޅުނު ހަ މެޗްގެ ތެރެއިން ދެ މެޗުން މޮލުވެފައިވާއިރު އެޓީމުން ވަނީ ދެމެޗުން ބަލިވެ އެއްވަރުވެފައެވެ.
އެޓީމް އޮތީ ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު އޮސްޓްރިއާއި ސްވިޑެންގެ ފަހަތުން ތާވަލްގެ ތިން ވަނައިގައެވެ.
އެއް ވަނައިގައި އޮތް އޮސްޓްރިއާއަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސްވިޑެންއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
ކަޕެއްލޯ ވަނީ އޭނާގެ ކޯޗްކަމުގެ ދަށުގައި 12 އަހަރަށްފަހު މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕަށް ރަޝިއާ ކޮލިފައި ކޮށްދީފައެވެ. ނަމަވެސް ރަޝިއާގެ ޓީމް މުބަރަތުން ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ރަޝިއާގެ ފުޓްބޯޅަ ޔޫނިއަނުނަ ކަޕެއްލޯއާ ހަވާލުކޮށްފައިވަނީ އަމިއްލަ ގައުމުގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި އެޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމަށް ކުރަންޖޭ މަސައްކަތްތައް ކުރުމަށެވެ.
ނަމަވެސް ވޯލްޑްކަޕަށްފަހު ހަމާވާ އެއްބަސްވުމުން މުއްދަތު ހަމަވުމުގެ ކުރިން އުވާލީ އެއީ ދެފަރާތަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމުގައިވާތީ ކަމަށް ރަޝިއާގެ ފުޓްބޯޅަ ޔޫނިއަނުން ބުންޏެވެ.
އޭސީމިލަނާއި ރޯމާ އަދި ރެއާލް މެޑްރިޑަށް ކުލަބު ލެވަލްގައި ކާމިޔާބު ހޯދައިދީފައިވާ ކަޕެއްލޯ ފާހަގަ ކުރެވިފައިވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ނާކާމިޔާބު ކޯޗެއްގެގޮތުގައެވެ.