ސެކިއުރިޓީ ގާޑުން މަސައްކަތުގައި ޒިންމާދާރުކަން ކަށަވަރު ކުރުމަށް ޚާއްސަ ސިސްޓަމެއް ލިންކްސާވް އިން ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އީސެކިއުރިޓީ ފޯރު ކޮށްދިނުމުގެ ގޮތުން ލިންކްސާވް އިން ތައާރަފް ކޮށްފައިވާ ސިސްޓަމަށް ކިޔަނީ "ގާޑް ޓުއާ ސިސްޓަމް" އެވެ.

ލިންކްސާވް އިން ބުނީ އެ ސެކިއުރިޓީ ސިސްޓަމްގެ އެކި މޮޑެލްތައް މިހާރު އެ ފިހާރައިން ލިބެންއެބަހުރި ކަމަށާއި، އޭގެތެރޭގައި އާރުއެފްއައިޑީ އާއި ޖީއެސްއެމް ތްރީޖީ ޔުނިޓް ހިމެނޭ ކަމަށެވެ.

ލިންކްސާވް އިން ތައާރަފު ކުރި ސިސްޓަމްގެ ވަސީލަތެއް--- ފޮޓޯ: ލިންކްސާވް

އެ ސިސްޓަމްގައި ރޭގަނޑުގަޑީ ޑިއުޓީގައި އުޅޭ ސެކިއުރިޓީ ގަޑުންނަށް ހާއްސަ ޓޯޗެއްގެ އިތުރުން ނުރައްކާތެރި ހާލަތެއްގައި ވެރި ފަރާތަށް ވަގުތުން އެންގުމަށް ޖީއެސްއެމް ޕެނިކް ބަޓަން ޑިވައިސްއެއް ހިމޭނެ ކަމަށް ލިންކްސާވް އިން ވަނީ ބުނެފައެވެ.

ސެކިއުރިީ ގާޑު ޑިއުޓީ އަދާކޮށްފައިވާގޮތުގެ ފުރިހަމަ ތަފްސީލު އެ ވަސީލަތްތައް ބޭނުންކޮށްގެން ބަލާލެވޭނެ ކަމަށް ލިންކްސާވް އިން ވަނީ ބުނެފައެވެ.

ލިންކްސާވް އިން ތައާރަފު ކުރި ސިސްޓަމްގެ ވަސީލަތެއް--- ފޮޓޯ: ލިންކްސާވް

އެ ޔުނިޓްތަކުގައި މުގުރެއްފަދަ ޕެނިކް ބަޓަން ހިމެނޭ އާލާތެއް އޮންނާނެ ކަމަށާއި ނުރައްކާތެރި ހާލަތުގައި އަމިއްލަ ދިފާއުގައި މި މުގުރު ބޭނުން ކުރެވޭނެ ކަމަށްވެސް ލިންކްސާވް އިން ބުންޏެވެ. އެ ޔުނިޓްތަކަކީ ފެން ނުވަންނަ އަދި ޝޮކް ޕްރޫފް ތަކެއްޗަށްވުމުން އެތަކެތި ކޮންމެ ކަހަލަ މާހައުލެއްގައިވެސް ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ސިސްޓަމުގެ އަގުތަކާބެހޭގޮތުން ލިންކްސާވް އިން ބުނީ އެތަކެތި 3،000 ރުފިޔާއާއި 6،000 ރުފިޔާއާ ދެމެދު އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.