މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށް ބެލެވޭ ޖޯގިން ގުޒްމަން އެގައުމުގެ ޖަލަކުން ދެ ވަނަ ފަހަރަށް ފިލައިގެން ދިއުމަށް ތައްޔާރު ކުރި ބިންގަރާހުގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ގުޒްމަން ހަދާފައިވާ އެ ބިންގަރާސް ހަދާފައިވަނީ ޖަލުގެ އަޑި އަޑިން ގޮސް ޖަލާ މާދުރުނޫން ގެއެއްގެ ތެރެއަށް ނިކުމެވޭ ގޮތަށެވެ. އަދި ބިންގަރާހުން މައްޗަށް އެރުމަށް އޭނާ ވަނީ ހަރުގަނޑެއް ބަހައްޓައިފަ އެވެ. އޭނާ ބިންގަރާހުން މައްޗަށް އަރާފައި ވަނީ އެ ހަރުގަނޑުންނެވެ.

ބިންދަރާހުން މައްޗަށް އެރުމަށް ހަދާފައިވާ ކުޑަގޮޅި -- ފޮޓޯ ރޮއިޓާސް

އޭގެތެރެއިން ބައެއް ފޮޓޯތަކުން ތަން މަރާމާތްކުރަން ބޭނުން ކުރާ ޓައްޕު ބަރޯ އަދި ބުރުމާ ކަހަލަ އެއްޗިހި ފެންނަން ހުއްޓެވެ.

އެތާ ހުރި ހިފާގެންގުޅޭ ތަކެތި -- ފޮޓޯ -- ރޮއިޓާސް

ބިންގަރާހުން ނިކުމެވޭ އެގޭގެ ތެރޭގައި މީހަކު ދިރިއުޅުކަމުގެ ނިޝާންތައް ފެންނަން ހުއްޓެެވެ. އެގޮތުން ލާން ގެންގުޅޭ ބައެއް އައްނައުނާއި ދޮންނަ މެޝިނަކާއި ގޮނޑިއެއްގެ އިތުރުން ބައެއް ހިފާ ގެންގުޅޭ ސާމާނު ވެސް ހުއްޓެވެ.

އެގޭތެރޭގައި ހުރިތަކެއްޗާއެކު ގޭގެ އެތެރެ -- ފޮޓޯ ރޮއިޓާސް

އެގޭގެ ތެރޭގައި ވަށިގަނޑެއްގައި އަންނަނުއު -- ފޮޓޯ -- ރޮއިޓާސް

މެކްސިކޯގެ ފުލުހުން ވަނީ މުޅި އެސަރަހައްދު ބަންދު ކޮށްފަ އެވެ. އަދި ފުލުހުން އެގެއާއި އެގެ ހުރި ސަރަހައްދު ވަނީ ބަލާ ފާސްކޮށްފަ އެވެ.

ފުލުހުން އެ ގެ ހުރި ސަރަހައްދު ބަންދުކޮށް ބަލާ ފާސްކުރަނީ -- ފޮޓޯ ރޮއިޓާސް

ގުޒްމަން ހުރި ޖަލާ މާދުރުނޫން ހިސާބެއްގައި ހުރި އެގޭގައި ހުއްނަ އިރު އެ ޖަލު ވަރަށް ރީތިކޮށް ފެނެ އެވެ.

އެގޭގައި ހުއްނަ އިރު އެ ގުޒްމަން ހުރި ޖަލު ދުރުން ފެންނަނީ : ބިންގަރާސް ތައްޔާރުކޮށްފައި ވަނީ ބިމު އަޑިން އައިސް އެގެއަށް ވަދެވޭ ގޮތަށް -- ފޮޓޯ ރޮއިޓާސް

ފުލުހުން މުޅި އެސަރަހައްދު ބަލާ ފާސްކުރުމުގެ ތެރޭގައި ޕައިޕް ހޮޅިތަކެއްގެ ތެރެއިން ވަނީ މީހަކު ނިދާފައިވާ ކަމުގެ ނިޝާންތަކެއްވެސް ފެނިފަ އެވެ. އެއީ ގުޒްމަން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވާއިރު އެ ހޮޅިތަކުގެ ތެރޭގައި މީހަކު ނިދުމަށް ގެންގުޅޭ ބްލޭންކެޓެއް އޮތެވެ.

އެސަރަހައްދުގައި ހުރި ޕައިޕް ހޮޅިތައް ފުލުހުން ބަލައި ފާސްކުރަނީ -- ފޮޓޯ -- ރޮއިޓާސް

ފުލުހުން ބަލައި ފާސްކުރި ޕައިޕް ހޮޅީގެ ތެރެއިން މީހަކު ނިދަން ގެންގުޅު ބްލޭންކެޓެއް -- ފޮޓޯ -- ރޮއިޓާސް

އެންޓިޕްލާނޯ ފެޑެރަލް ޕްރިޒަން ނަމަކަށް ކިޔާ ޖަލުގައި ބަންދުކޮށްފައި ހުރި ގުޒްމާން ފިލިކަން އެނގުނީ އެޖަލުގެ ގަވައިދުން ފާސްކުރާ ފާސްކުރުމަށް ޖަލުގެ ގާޑުން އިއްޔެ ދިއުމުން ކަމަށް މެކްސިކޯގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުންޏެވެ.

ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ މީހާ އެވެ.

ގުޒްމަން 2014 ވަނަ އަހަރު ޖަލުން ފިލުމުން ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދަނީ

އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.