07 Mar 2011, 16:10
އަައްޑު އަތޮޅު ހިތަދޫ ގެއެއްގައި ގަސްދުގައި މީހަކު ރޯކޮށްލުމުން އެގޭގެ ބޮޑު ބައެއް އަނދައި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ގައުމީ ދިފާއީ ބާރުން މިއަދު ބުނީ ސ. ހިތަދޫ މަންޒިލް ގޭގައި މިއަދު 11:15 އެހާއިރު ހުޅުޖަހައި މީހަކު ގަސްދުގައި ރޯކޮށްލާފައިވަނީ އެގޭގެ ތެރެއަށް ފަންތަކެއް އަޅައި އެ ފަންތަކުގައި ރޯކޮށްލައިގެން ކަމަށެވެ. އަދި ބުނީ އަލިފާުނުގެ އެ ހާދިސާގައި ތިން ކޮޓަރި ހުންނަ، އެ ގޭގެ އެއް ކޮޓަރީގެ ފާރާއި ފުރާޅު ވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ގަސްދުގައި ހިތަދޫ މަންޒިލްގޭގައި ހުޅުޖަަހައި ގެއްލުން ދިން ކަމަށް ޝައްކު ކުރެވޭ މިހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުުހުން ދަނީ ހާދިސާ އިތުރަށް ބަލަމުންނެވެ.
އެ ގޭގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލީ ސިފައިން ކުރިމަސައްކަތުން މިއަދު މެންދުރު 12 ޖަހާ އެހާކަންހާއިރު އެވެ.