07 Mar 2011, 15:35
ބަދުއަހުލާގީ މައްސަލައެއްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީނިއާ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ޓީއެމްއޭގެ މުވައްޒަފަކު މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޓީއެމްއޭއާ ގުޅުމުން ބުނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމުން އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުތައް ބަންދު ކަމަށެވެ. އަދި މެނޭޖިން ޑިރެކްޓަރު ވެސް ފޯނެއް ނުނަންގަވަ އެވެ. އެހެންކަމުން މިކަމުގައި ޓީއެމްއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.