ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި އަފްޣާނިސްތާނުގައި 25 މީހަކު މަރުވެއްޖެ އެވެ.

ކާރެއްގައި އެ ބޮން ގޮއްވާލީ، ބީބީސީ އިން މިއަދު ބުނި ގޮތުގައި، ސީއައި އިން އާންމުކޮށް ބޭނުން ކުރާ ކޭމްޕް ޗާމްޕްމޭން، ކަހޯސްޓް ޕްރޮވިންސްގެ ޗެކްޕޮއިންޓެއް ކައިރިން އިއްޔެ އެވެ. އަދި އެއީ 2009 ވަނަ އަހަރު ހަތް އޮފިޝަލަކު މަރާލި ޗެކް ޕޮއިންޓެކެވެ. ނަމަވެސް އިއްޔެގެ ހަމަލާގައި އެމެރިކާ ކޯލިޝަންގެ އެއްވެސް މީހަކު މަރުނުވާ ކަމަށް ބީބީސީ އިން ބުންޏެވެ.

އެ ބޭހަކީ އަފްގާނިސްތާނު ސިފައިންނާއި އެމެރިކާ އަދި އެމެރިކާގެ އެކުވެރިން ބޭނުން ކުރާ ކޭމްޕެކެވެ.

އަގްޣާނިސްތާނު ފުލުހުން ބުނީ އެ ހާދިސާގައި 25 މީހުން މަރުވި އިރު، 10 މީހަކު ޒަހަމުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި މަރުވި މީހުންނަކީ އާންމުން ކަމަށާއި އެ ހާދިސާ ހިނގީ އެ މީހުން ޗެކް ޕޮއިންޓުން ޕާސް ކުރުމަށް މަސައްކަތް ކުރަނިކޮށް ކަމަށެވެ. އަދި އެ ހާދިސާގައި ގިނައިން މަރުވެފައި ވަނީ ކުޑަކުދީންނާއި އަންހެނުން ކަމަށް ބީބީސީ އިން ބުންޏެވެ.

އެ ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ. ނަމަވެސް އެ ތަނުގައި ގިނައިން ހަމަލާދީފައި ވަނީ ތޮލިބާން ޖަމާއަތުގެ މީހުންނެވެ.