ލިވަޕޫލްގެ ފޯވަޑް ރަހީމް ސްޓަލިން ހޯދުމަށް މެންޗެސްޓާ ސިޓީއިން ހުށަހެޅި ބޮޑުއަގާ އެކު ލިވަޕޫލް އިން ގޮތް ދޫކޮށް އޭނާ ދޫކޮށްލަން ލިވަޕޫލްއިން އެއްބަސްވެއްޖެ އެވެ.

ސްކައި ސްޕޯޓްސްއިން ބުނެފައި ވަނީ އުމުރުން 20 އަހަރުގެ ސްތާލިން ހޯދުމަށް މެންސިޓީ އިން 49 މިލިއަން ޕައުންޑް ހުށަހަޅާފައިވާ ކަމަށާއި އެއަގާ މެދު ލިވަޕޫލްއިން ވެސް ހިތްހަމަޖެހިފައި ހުރިކަމަށެވެ.

މިހާރު ވަނި ދެކުލަބުގެ ދެމެދުގައި ކުޅުންތެރިޔަގެ ތްރާންސްފާއާއި ބެހޭ ގޮތުން އެއްބަސްވުމަށް އާދެވިފަ އެވެ.

ދެކުލަބު އެއްބަސްވުމަށް އާދެވިފައިވާ އިރު ސްތާލިންގެ ޓްރަންސްފާ އަކީ މިހާރު ހިނގަމުންދާ ޓްރާންސްފާ ޕީރިއަޑްގައި އެންމެ އަގު ބޮޑު ޓްރާންސްފާގެ އެއްބަސްވުމެވެ.

ސިޓީއާ އެކު ސްޓާލިން 2017 ވަނަ އަހަރާއި ހަމަޔަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށާއި އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި އެއް ލައްކަ ޕައުންޑު މުސާރައިގެ ގޮތުގައި ސްޓާލިންއަށް ދިނުމަށް ސިޓީއިން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ހަފުތާގައި ސްޓާލިން ބުނެފައި ވަނީ އޭނަ ލިވަޕޫލްގައި ހުންނަން ބޭނުންވާ ކަމަށާއި އެއީ އެޓީމް ކޯޗަކަށް ބްރެންޑެން ރޮޖާސް ހުންނާތީ ކަމަށެވެ.

ސްޓާލިން ރޮޖާސްއަށް ފާޑު ކިޔުމުން ލިވަޕޫލްގެ ބައެއް ކުޅުންތެރިން ވަނީ ސްޓާލިންއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.