މާލޭގެ އެއްނަންބަރު ފާލަން ކައިރީ ފަޅުތެރެއިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 12:30 އެހާކަންހާއިރު ކަމަށެވެ.

އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.