12 Jul 2015, 23:19
ރިޔޫނިއަންގައި އަންނަ އޯގަސްޓް އެކަކުން އަށަކަށް ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރީން އެ މުބާރާތަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ސްރީ ލަންކާގައި ކޭމްޕުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތަކުގެ ގައުމީ ޖަމިއްޔާއިން ބުނީ، ސްރީލަންކާގައި ދިވެހި ސްވިމިންގ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރެއިންބޯ އެކުއެޓިކްސް އާއި ގުޅިގެން ކަމަށެވެ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ، ލަންކާގައި ކުރިއަށްދާ ކޭމްޕްގައި ރާއްޖޭގެ ޓީމާއި ހަވާލުވުގެން ދިޔައީ ރާއްޖޭގެ ގައުމީ ސްވިމިންގ ހެޑްކޯޗު އިސްމާޢިލް ފަރުޙާން ކަމަށެވެ.

ރާއްޖޭގެ ގައުމީ ފެތުންތެރީން ލަންކާގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން
ލަންކާގައި ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި ބައިވެރިވާ ފެތުންތެރިން އެނބުރި ރާއްޖެއައުމަށް ހަމަޖެހިފައިވަނީ 26 ޖުލައި ގައި ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުންޏެވެ.
މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ނެރުމަށްޓަަކައި ރާއްޖޭގެ ފެތުންތެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.