ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދަޅުވީ ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ސ. ފޭދޫ، ކަޝްމީރުވާދީ، ޝާރިފް މުހައްމަދު ކަމަށެވެ.

ސްރީލަންކާ އިން މަތީ ތައުލީމް ހާސިލު ކޮށްފައިވާ ޝާރިފް މިހާރު ވެސް އަންނަނީ ފޮރިން ރިލޭޝަންގެ ދާއިރާ އިން މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީގައި މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.

މުއާޒު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޝާރިފް އެމަގާމަށް ހަމަޖެއްސެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ރަސްމީކޮށް އޮފީހަށް ނުކުންނަން ފަށާފައި ވަނީ މިއަދު އެވެ.