12 Jul 2015, 15:10
މި ރަމަޟާން މަހާ ދިމާކޮށް އީވޯ ހޯމް އިން ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މ. ވެސްޓްސައިޑް، އަޒްރަފް މުހައްމަދު އެވެ. އިނާމެއްގެ ގޮތުގައި އީވޯ އިން ވަނީ 50،000 ރުފިޔާގެ އަގުހުރި ބެޑްރޫމް ސެޓެއް ހުށަހަޅައިފަ އެވެ.
އީވޯ ހޯމްގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތީގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން 10،000 ރުފިޔާގެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އަގު ހުރި، މޭޒު މަތި ޒީނަތްތެރިކުރަން ބޭނުންވާ ހުރިހާ ތަށި ހިމެނޭ 36 ތަށީގެ ޑިނާސެޓެއް އީވޯ އިން ވަނީ ހުށަހަޅައިފަ އެވެ.
ރޯދަ ޕްރޮމޯޝަން ނިންމާލުމަށް ފަހު އީވޯ އިން ވަނީ މަޖީދީމަގުގައި ހުންނަ "އީވޯ ހޯމް" ޝޯރޫމަށް ބަދަލުތަކެއް ގެނައުމަށް ފަހު އަލުން ހުޅުވާފަ އެވެ.
އީވޯ ހޯމްގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތީގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަދިގެއާއި ފާހާނާ އަދި ގެއަށް ބޭނުންވާ ތަފާތު ސާމާނު ވިއްކާ މި ފިހާރައިން ވިއްކާ ތަކެތީގެ ބްރޭންޑްތަކުގެ ތެރޭގައި އެމެރިކާގެ ބްރޭންޑެއް ކަމަށްވާ އޮނައިޑާ ހިމެނެ އެވެ. މީގެ އިތުރުން ވެސް ޔޫރަޕްގެ މޮޅެތި ބްރޭންޑްތައް އެ ފިހާރަ އިން ލިބެން ހުރެ އެވެ.