12 Jul 2015, 13:34
ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި އެޓީމްގެ ގޯލް ކީޕަރު އިކާ ކަސިއަށް ޕޯޗްގަލްގެ އެފްސީ ޕޯޓޯއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.
ރެއާލްގެ ބަޔާނުގައި ބުނެފައި ވަނީ މިއަދަކީ ކުލަބުގެ ހުރިހާ ކަމަކަށް ވުރެ ފާހަގަ ކުރެވޭ ދުވަހެއް ކަމަށާއި ރެއާލްއައި ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޚްގައި ދެކެފައިވާ އެންމެ މޮލު ގޯލް ކީޕަރު އޭނަގެ ފުޓްބޯޅަ ހަޔާތުގައި އެހެން މަރުހަލާއަށް ބަދަލުވުމަކީ ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.
"މި ބަދަލަކީ އެތައް ހަދާންތަކެއް އެތައް އިހްސާސްތަކެއް އެކަމަކާ ގުޅިފައިވާ ކަމެއް. އަދި މިހަނދަންތައް ރަމްޒުކޮށްދެނީ އުންމިދެއް، ގުރުބާނީއެއް، ހިއްވަރެއް، އަދި ވަރަށް ހާއްސަ ކާމިޔާބީތަކެއް. މިކުލަބުން އިކާ ކަސިއަސްއާ މެދު ހާއްސަ ގަދަރެއް ކުރޭ. އުމުރުން އެންމެ ނުވަ އަހަރުގައި މިކުލަބާ ގުޅި އޭނާގެ ހުރިހާ ހިދުމަތެއް މި ކްލަބާ އެކު ހިއްސާކޮށް މިކުލަބުގެ ކެޕްޓަންކޮށް އޭނާ ވަނި މިކުލަބުގެ އަގު ހުރި ލެޖެންޑަކަށް ވެފައި" ސްޕެއިންގެ ގައުމީ ޓީމްގެ ކަސިއަސްއާ ބެހޭ ގޮތުން ރެއާލް މެޑްރިޑުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އުމުރުން ނުވަ އަހަރުގައި ރެއާލްގެ ޒުވާން ތީމާ ގުޅުނު ކަސިއަށް ވަނީ 1999 ވަނަ އަހަރު ރެއަލްއިން ސީނިއާ ކެރިއާ ފަށައި އެޓީމަށް ތިން ފަހަރެއްގެ މަތިން ޔޫރަޕިއަންކަޕް ކާމިޔަބުކޮށްދީ އެއް ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ ދެ ފަހަރެއްގެ މަތިން އިންޓަނޭޝަނަލް ކަޕް ކާމިޔާބުކޮށްދީ ފަސް ސްޕެނިޝް ލީގް ކާމިޔާބުކޮށްދީ ދެ ފަހަަރަށް ސްޕެނިޝްކަޕް ކާމިޔާބުކޮށްދީ އަދި ހަތަރު ފަހަރަށް ޝްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްދީފަ އެވެ.
އަދި ކަސިއަސް ވަނި ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރު އެވޯޑާއި ސްޕެއިންގެ ކުރީގެ މަޝްހޫރު ގޯލް ކީޕަރު ރިކާޑޯ ޒަމާރާގެ ހަނދާނުގައި ޒަމޯރާ އެވޯޑްވެސް ކަސިއަށް ވަނި ހޯދާފަ އެވެ. އަދި ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ އެވޯޑް ހޯދި ދެ ކީޕަރުންގެ ތެރެއިން އެއް ކީޕަރަކީ ވެސް ކަސިއަސް އެވެ. އަދި ސްޕެއިންގެ އެންމެ ޝަރަފުވެރި ކުޅިވަރު އެވޯޑް ޕްރިންސް އެސްޓްރިއަސް ސްޕޯޓިން އެވޯޑްވެސް ކަސިއަސް ވަނީ ހާސިލްކޮށްފަ އެވެ.
ކަސިއަސް ޕޯޓޯއާއެކު ސޮއި ކުރަން ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޕޯޓޯގައި ހޭދަ ކުރާ މުއްދަތުގައި ކަސިއަސް ޕޯޗްގަލްގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ދައްކާނީ ރެއާލް މެޑްރިޑުންނެވެ.
ކަސިއަސްގެ ބަދަލުގައި ރެއާލްއިން ވަނީ މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ގޯލްކީޕަރު ޑެވިޑް ޑެހެއާ ގެންނަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭނާ ގެންދަން ރެއާލްއިން ހުށަހަޅާފައިވާ އަގު ކުޑަކަމަށް ބުނެ ޔުނައިޓަޑުން ވަނީ ރެއާލްގެ ހުށަހެޅުން ބަލައި ނެގެންފަ އެވެ.
ޑެހެއާ ނުގެނެވުމުން ރެއާލްއިން މިހާރު ދަނީ އެޓީމްގައި ޔޫތު ކެރިއާ ހޭދަކޮށްފައިވާ އެސްޕެނިޔޯލްގެ އެއް ނަންބަރު ކީޕަރު ކިކޯ ކަސިއްޔާ އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެސްޕެނިޔޯލްގެ ރައީސް ޖޯން ކޮލޭޓް ވިދާޅުވީ އެޓީމްގެ އެއް ނަންބަރު ކީޕަރު ހޯދުމަށް ރެއާލްއިން ހުށަހަޅާފައިވާ ހަތަރު މިލިއަން ޔޫރޯގެ އަގު ކުޑަކަމަށާއި އެއަގުގައި ކަސިއްޔާގެ ޓްރާންްސްފާއާ ގުޅޭ ބައްދަލުވުންތަކުގައި ނު އިށީންނާނެ ކަަމަށެވެ.
ކަސިއްޔާ ދޫކޮށްލުމުގެ އަގަކަށް އެސްޕެނިޔޯލް އިން ކިޔަނީ 20 މިލިއަން ޔޫރޯ އެވެ.