11 Jul 2015, 13:50
ބަޔާން މިޔުނިކްގެ ޖަރުމަންގެ މިޑްފީލްޑާ ބަސްޓިއަން ޝްވައިންސްޓައިގާއަށް މެންޗެސްޓާ ޔުނައިޓަޑުން ހުށަހަޅައިފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމަށް އޭނާ އެއްބަސްވެ އެޓީމަށްބަދަލުވާން އުޅޭ ކަމަށް ޖަރުމަންގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
ޖަރުމަންގެ ދުވަހު ނޫސް ބިޑްއިން ބުނެފައިވަނީ މިދިޔަ ހަފުތާ ފަހުކޮޅުގައި ޓީމް ދޫކޮލަން އުލޭ ވަހަކަ ބަޔާންއގެ އޮފިޝަލުން ގާތު 2016 ގައި ހަމާވާ އެއްބަސްވުން އާކުރަން ބޭނުންނުވާކަމަށާއި އަދި އޭނަ ޓީމް ދޫކޮށްލަން ބޭނުންވާ ވަހަކަ ޝްވައިންސްޓައިގާ ބުނެފައިވާ ކަމަށެެވެ.
އެހެންކަމުން އެކަމުން ދޭހަވަނީ ޔުނައިޓަޑުން ހުށަހަލާފައިވާ 7.2 މިލިއަން ޕައުންޑްގެ އެއްބަސްވުމަށް ޝްވައިންސްޓައިގާ އެއްބަސްވެފައިކަން ކަމަށް ބިޑްއިން ބުނެއެވެ.
ބިޑްއިން އިތުރަށް ބުނެފައިވަނީ ކުރިން ބަޔާންއަށް ކޯޗްކޮށްދީފައިވާ މެންޗެސްޓާ ޔުނައިޓަޑްގެ މިހާރުގެ ކޯޗް ލުއިސް ވެންހާލްއާ ޝްވައިންސްޓައިގާއާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަކަމަށާއި އަދި އޭނާވެސް އިނގިރޭސި ލީގްގައި ކުޅުމަށް ޝައުގުވެރިވާ ކަމަށެވެ.
ވެންހާލް ވަނީ 2009 ން 2011 ވަނަ އަހަރާއި ހަމަޔަށް ބަޔާންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ބަޔާންއިން 2002 ވަނަ އަހަރު ސީނިއާ ކެރިއަ ފަށި ޝްވައިންސްޓައިގާ ވަނީ 536 މެޗް ކުޅެފަ އެވެ.
ޔުނައިޓަޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ހަމައެކަނި އޮތީ ޔުނައިޓަޑުން އޭނާއަށް ހުށަހަޅައިފައިވަ އަގު ބަޔާންއަށް ކުޑަވުން ކަމަށް ބިޑްއިން ބުނެއެވެ. ބަޔާންއިން ޝްވައިންސްޓައިގާއަށް ކިޔާ އަގަކީ 15 މިލިއަން ޕައުންޑެވެ.
ޝްވައިންސްޓައިގާ އަކީ މިދިޔަ އަހަރު ބްރަޒިލްގައި ބޭއްވި ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.