ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިއްލީގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިއްލީގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓާ ނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ސަރަހައްދު ތަކާއި މަގުތަކުގައި ފެންބޮޑުވެ ޓްރެފިކް ބާރު ބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިއްލީގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިއްލީގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

އިންޑިއާގެ މެޓް އޮފީހާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ މިއަދު ހެނދުނު 8:30 އެހާއިރުން ފެށިގެން 98.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރުމާއި ގުޅިގެން ޓްރެފިކް ޖޭމްވެ އޮފީސްތަކަށާއި އެކި ތަންތަނަށް ވަޒީފާއަށް ދާ ފަރާތަތަށް ވަނީ ގިނައިރުތަކެއް ވަންދެން މަގުމަތީގައި މަޑުކުރަން ޖެހިފަ އެވެ. އެފަރާތްތަކުން ވަނީ ސޯޝިއަލް މީޑިއާގައި ބައެއް ފޮޓޯ ޝެއާކޮށްފަ އެވެ.

އިންޑިއާގެ މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ގަޑިއިރުތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވެރިރަށް ނިއުދިއްލީގެ އިތުރުން ކަޝްމީރު އަދި ގުޖުރާތުގެ ގިނަ ސަރަހައްދުތަކެއްގައިވެސް ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.