11 Jul 2015, 12:01
ފުވައްމުލަކުގައި 18 އަހަރުން ދަށުގެ ދެ އަންހެން ކުއްޖަކު ލައްވައި ހަށި ވިއްކުވަމުން ދިޔަ މައްސަލާގައި 10 މީހަކު ރޭ ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރޭގައި އެ ރަށުގައި އެންމެ މަޝްހޫރު ދެ ވިޔަފާރިވެރިން ހިމެނެ އެވެ. ދެން ހިމެނެނީ ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ. ތުހުމަތުކުރެވޭ މީހުންވެސް އަދިވެސް އެބަތިއްބެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި 22 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ ދެ މީހުނާއި 41 މީހަކާއި 32 މީހަކާއި 55 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެއް ހިމެނެއެވެ.
އެމީހުން ރޭ ހައްޔަރުކޮށްފައިވާ އިރު ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެތިބެގެންނެވެ. އެ ކުދިނާއި ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.
އެ 10 މީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ބެލެވޭ ގޮތުގައި އެމީހުން ހޯދީ ގެސްޓްހައުސްގެ ސީސީޓީވީގެ އެހީގަ އެވެ.
ހަށިވިއްކުވި ކަމަށް ތުހުމަތު ކުރެވެނީ 14 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނެވެ. އެ ދެ ކުދިންނަކީ ހޯދަނޑާއި ދިގުވާޑަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ކުދިންލައްވައި ތަކުރާރުކޮށް އެތައް ރެއެއްގެ މަތިން އެތައް ބަޔަކު އެއަމަލު ހިންގާ ކަމަށް ބެލެވޭ އިރު އެކުދިންނަށް ފައިސާދޭ ކަމަށްވެ އެވެ.
"ރަށުތެރޭ ވާހަކަ ދެކެވޭ އެކުދިން ރުހުމުގައޭވެސް، އެކުދިން ފައިސާ ހޯދަންށޭ އެހެން އުޅެނީވެސް ކިޔާ، އެކުދިންނަކީ އެކަމުގެ ތުހުމަތު ކުރެވޭ ބައެއް" ފުވައްމުލަކުން މައުލޫމާތު ތިން މީހަކު ބުންޏެވެ.
އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާ ބަނޑުބޮޑު ކަމަށްވެސް ވާހަކަތައް ދެކެވެއެވެ. ނަމަވެސް ކަމާ ބެހޭ އެއްވެސް މަސްދަރަކުން އެކަން ޔަގީންކޮށެއް ނުދެއެވެ.
އެހެން މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެކުދިން ލައްވައި އެ މަލު ހިންގާފައި ވަނީ ފުވައްމުލަކުގައި އެ ކުދިންނަށް މަސްތުވާތަކެތިދީ، އެކުދީންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނަގައި، އެކުދިން ބްލެކްމެއިލް ކުރުމުގެ ހަޑިމުޑުދާރު އަމަލު ހިންގައި ގިނަ ބަޔަކު ޝާމިލްވެގެންނެވެ.