11 Jul 2015, 14:22
ޤާހިރާ، މިސްރު،އޭޕީ) މިސްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓް ހިމެނޭ އިމާރާތުގެ ބޭރުގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން އެކަކު މަރުވެ އެއިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ.
މިސްރުގެ އޮފިޝަލުން ވިދާޅުވީ އެއިމާރާތުގެ ބޭރުގެ ބައިތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އިމާރާތުގެ ދަށުގައިވާ ފެންހޮޅިތައް ފަޅައިގެން ގޮސް ސަރަހައްދަށް ފެން ދޫވެފައިވާ ކަމަށެވެ. އެތަނުގައި ގޮވީ ކޮން އެއްޗެއް ކަމެއް ނެނގޭ ކަމަށް ވެސް މިސްރުގެ އޮފިޝަލުން ވިދާޅުވި އެވެ.
އިޓަލީގެ ކޮންސިއުލޭޓް ހިމެނޭ އިމާރާތް ހުންނަނީ ގާހިރާގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. އަދި އެ ހާދިސާ ހިނގީ މިއަދު ހެނދުނު މީހުން ގިނަވި ވަގުތެއްގަ އެވެ.