މަޝްހޫރު ޓެކް ކުންފުނި "ސެމްސަންގް" އިން 11K "ސުޕަ ރެޒޮލިއުޝަން" ޑިސްޕްލޭގެ ފޯނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޕެކެޓް ރޭޝިއޯގައި 16:9 ހުންނަ 5.74 އިންޗީގެ އެ ޑިސްޕްލޭގައި 11،264 6،336 ރެޒޮލިއުޝަން އެއް އިންނާނެ ކަމަށް ސެމްސަންގް އިން ވަނީ ބުނެފަ އެވެ. ޑިސްޕްލޭގެ ރެޒޮލިއުޝަން ބޮޑު ކަމުން ތްރީޑީ އިފެކްޓާ އެކު އެ ޑިސްޕްލޭގެ ކޮންޓެންޓް ފެންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެހެން ކަމުން އެ ޑިސްޕްލޭ އިން ފެންނަ ތަކެތި، އެއްވެސް ތްރީޑީ އައިނެއް ބޭނުން ނުކޮށްވެސް ތްރީޑީކޮށް ފެންނާނެ އެވެ. ސަބަބަކީ ޑިސްޕްލޭގެ ކުލަތައް ފެންނާނީ ފުރިހަމަ ސާފުކަމާ އެކު ކަމަށް ވީމަ އެވެ.

ދެކުނު ކޮރެއާގެ ސަރުކާރާއި އިތުރު 13 ކުންފުންޏަކާ ގުޅިގެން ތައްޔާރު ކުރަމުން އަންނަ އެ ޑިސްޕްލޭއަށް ސަރުކާރުގެ ފަރާތުން ވަނީ 26.5 މިލިއަން ޑޮލަރުގެ ފައިސާ ހަރަދު ކޮށްފަ އެވެ. މިދިޔަ މަހުގައި އޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ޑިސްޕްލޭ އާންމުންނަށް ލިބޭވަރު ވާނެ ކަމަށް ސެމްސަންގް އިން ބުންޏެވެ.

އެ ކުންފުނިން އުއްމީދު ކުރަމުން ދަނީ 2018 ވަނަ އަހަރު އެ ޑިސްޕްލޭގެ ޕްރޮޓޯޓައިޕް އެއް އާންމުންނަށް ދައްކާލުމަށެވެ.