10 Jul 2015, 22:25
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު މުނީޒާ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ބަދަލުކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ ޑރ. މުނީޒާ ފިނޭންސް މިނިސްޓްރީ އަށް ބަދަލު ކުރައްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އޭނާ މިނިސްޓްރީ އަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. އޭނާ އެ މިނިސްޓްރީ އަށް ބަދުލުވެވަޑައިގަތީ އެކަމަނާގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް އެނގިފައިވެ އެވެ.
ޑރ. މުނީޒާ އަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ޑރ. އައިޝަތު މުނީޒާ އަކީ އިސްލާމީ އިގްތިސާދުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވަނީ އޭނާ އެވެ.