10 Jul 2015, 17:08
ކޮތަޅަކަށް ބަނގުރާ ފުޅިތަކެއް އަޅައިގެން ހުޅުމާލޭ ސުނާމީ ޖެޓީ ސަރަހައްދުން ހިނގާފައި ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 20:05 ކަންހާއިރު، ހުޅުމާލޭ ސުނާމީ ޖެޓީ ސަރަހައްދުން ފަސް ފުޅި ބަނގުރަލާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ، ޝްރީލަންކާގެ ރައްޔިތަކާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
"ރޭ 20:05 ހާއިރު ހުޅުމާލެ ސުނާމީ ޖެޓީ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލުމުގައި ޙަރަކާތްތެރިވި ފުލުހުންނަށް މި ދެ ބިދޭސީން ފެނިގެން އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ފާރަލަމުން ދަނިކޮށް ބަނގުރާކަމަށް ބެލެވޭ ފަސް ފުޅި ކޮތަޅަކަށް ލައިގެން ހިނގާފައި ދަނިކޮށް އެސަރަޙައްދުން އެމީހުން ވަނީ ހުއްޓުވާފައި،" ފުލުހުންގެ މީޑިއާއިން އާންމުކޮށްފައި ވެއެވެ.
އެ ދެ ބިދޭސީން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭގެ ތެރެއިން އެކަކުގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި "ބީފީޓަރ" ބްރޭންޑްގެ ލަންޑަން ޑްރައި ޖިން ހަތަރު ފުޅި ރަލާއި "ބަކާޑީ ސްޕީރިއަރ" ބްރޭންޑްގެ ޕޮއޭޓޮރީކަން ރަމް އެއްފުޅި ފެނިފައިވާ ކަަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.
ހުޅުމާލެއިން ބަނގުރާފުޅި ތަކަކާއެކު ހައްޔަރުކުރި ދެމީހުންގެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ޑްރަގް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން މިހާރު ކުރިއަށްގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.