މިދިިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާ އެކު ހޯދުމަށް އާއްމުކޮށްފައިވާ މީހަކީ ކ.މާލެ، ދަފްތަރު، އަހުމަދު ރިޒާމް 25 އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެރޭ 1:40 ކަންހާއިރު އަހްމަދު މަފާޒު މަރާލި ކަމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވާ ދެ މީހުންގެ ޝަރީއަތް މިއަދުވަނީ ފަށައިފައެވެ.

މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތައް:

  • ގ. މަސްއޮޑިގޭ ކުރިމަތީގައި ތިބި ބައެއްގެ ފަހަތުން ތޫނު ހަތިޔާރުހިފައިގެން ދުވުން.
  • މަސްއޮޑިގޭ ތެރެއަށް އެމީހުން ދުވެގޮސް ވަނުމުން އެގޭގެ ދޮރަށް ގެއްލުން ދިނުން.
  • އެ ހަމަ ނުޖެހުމުގައި އާންމުންގެ މުދަލަށް ގެއްލުން ދިނުން.

ފުލުހުން ބުނީ އަހުމަދު ރިޒާމަކީ ފުލުހުން ބަލަމުން ގެންދާ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަން ބޭނުންވެ ނުފެނިފައިވާ މީހެއް ކަމަށެވެ. އެހެންކަމުން ރިޒާމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.