09 Jul 2015, 22:36
ޝީޝާއިން އަލަށް ތައާރަފު ކުރި ހިދުމަތެއް ކަމަށްވާ "332އީޒީ" ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
ޝީޝާ ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 20 ނަސީބުވެރި ފަރާތެއް ހޮވާފައި ވެއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ޝީޝާގެ ސޭލްސް އެގްޒެކެޓިވް ފާތުމަތު ޖުމާނީ ވިދާޅުވީ، ތިން މަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ޖުމްލަ 550 ކޫޕަން ލާފައިވާ ކަމަށެވެ.
ޖުމާ ވިދާޅުވީ، އެ ޕްރޮމޯޝަން އަކީ އެ ކުންފުނިން ތައާރަފު ކުރި ހިދުމަތް ކަމަށްވާ 332 ސާވިސް އާ ބެހޭގޮތުން ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ. އެ ހިދުމަތަކީ ފޯނު ބޭނުންކޮށްގެން ޝީޝާ އިން ބުކިން ކުރުމަށް ތައާރަު ކުރި ހިދުމަތެއް ކަމަށް ޖުމާ ވިދާޅުވިއެވެ.
މިއަދު ޝީޝާ ޝޯރޫމްގައި އޮތް ލަކީޑްރޯގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ޕްރޮމޯޝަންގައި ބައިވެރިވީ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ޝީޝާ އިން 1،000 ރުފިޔާގެ ސާވީސް ވައުޗާއެއް އިނާމުގެ ގޮތުގައި ލިބިފައިވެއެވެ.