09 Jul 2015, 14:54
ލިވަޕޫލްގެ ފޯވަޑް ރަހީމް ސްޓާލިން އެޓީމްގައި މަޑުކުރަން ބޭނުން ނުވަނީ އެޓީމް ކޯޗަކަށް ބްރެންޑެން ރޮޖާސް ހުރުމުން ކަމަށް ސްޓާލިން ރޮޖާސް ގާތު ބުނެފައިވާ ކަމަށް އިނގިރޭސި މީޑިއާތައް ބުނެފިއެވެ.
ސްޓާލިން ބުނެފައިވަނީ މިދިޔަ ސީޒަންގައި އޭނާ ޓީމް ދޫކޮށްލުމަށް ބޭނުންވާ ވަހަކަ ބުނުމުން ރޮޖާސް އެކަން ސީރިއަސްކޮށް ނުނަގާ ކަމަށެވެ. އެހެންވެ އޭނައާ ރޮޖާސްއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނޫން ކަމަށެވެ.
ސްޓާލިން ލިވަޕޫލްއާއި މެދު އިތުރަށް ހިތްހަމަނުޖެހުނީ އޭނާ ހޯދަން މެންޗެސްޓާއަށް ނިސްބަތްވާ ޔުނައިޓަޑާއި ސިޓީއިން މަސައްކަތް ކުރުމުން އެވާހަކަ އޭނާ އަންގާފައި ނުވާތީ އެވެ.
އިއްޔަ ބޭއްވި ލިވަޕޫލްގެ ޕްރެކްޓިސްއަށް ބަލިވެ އުޅޭ ކަމަށް ބުނެ ސްޓާލިން ނިނިކުމެއެވެ.
ބައެއް ކުަލަބުތަކުން ސްޓާލިން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ހުށަހެޅުންތައް ލިވަޕޫލްއިން ވަނީ ބަލައި ނުގެންފަ އެވެ.
ސްޓާލިން ހޯދަން ސިޓީއިން ވަނީ 40 މިލިއަން ޕައުންޑުގެ އަގެއް ހުށަހަޅާފަ އެވެ. ނަމަވެސް ލިވަޕޫލްއިން ވަނީ ސިޓީގެ ހުށަހެޅުން ބަލައި ނުގެންފައެވެ.
ސްޓާލިން ދޫކޮށްލަން ޖެހުނަސް ލިވަޕޫލްއިން އޭނާ ދުކޮށްލަން ބޭނުންވާ އެންމެ ކުޑައަގަކީވެސް 50 މިލިއަން ޕައުންޑެވެ.